ކުލާހެއްގެ އާއްމު ދިގުމިނަކީ 30 މިނެޓް އެވެ.
ކުލާހުގައި ކިޔަވައިދެއްވާނީ ޕާކިސްތާނުގެ ޙާފިޒުން/ހާފިޒާއިން/ޤާރީން، އިނގިރޭސި ބަހުންނެވެ.
ޤުރުއާން ކުލާސްތަކުގެ ފީ ދައްކަވަން ޖެހިވަޑައިގަންނަވާނީ ކޮންމެ މަެހެއްގެ 10 ވަނަ ދުވަހުގެ ކުރިން، ކުރިއަށް އޮންނަ މަހަށެވެ.
އެކި ކުލާސްތަކުގެ ފީ ތަފާތުވެދާނެ އެވެ. ރަޖިސްްޓްރޭޝަން ފުރިހަމަ ކުރައްވާ އިރު ފީ ފެންނަން ހުންނާނެއެވެ. އަދި ޖާގަ ކަށަވަރުވުމުން ފީ އާއި، އެހެންހިންހެން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ަރަޖިސްޓްރީ ކުރެއްވުމުން ކުލާސް ގުރޫޕަށް އެޑް ކޮށް އެކަން، ރަޖިސްޓްރީ ކުރި އިރު ދެއްވާފައިވާ ނަންބަރަށް ވައިބާ އިން އެންގޭނެއެވެ. ފުރަތަމަ މަހުގެ ފީ ދެއްކެވުން އެެދެވިގެން ވަނީ މަދުވެގެން އެއް ކުލާހުގައި ބައިވެރި ވެ އަޖުމަ ބެއްލެވުމަށް ފަހުއެެވެ. މަސް ފެށޭފަހުން ރަޖިސްޓްރީ ކުރައްވާ ބޭފުޅުން ފީ ދައްކަވާލައްވާނީ، ޖުމްލަ ފީ ހަތަރު ބަޔަށް ބަހާލެއްވުމަށް ފަހު، މަހުގެ ބާކީ އިން ހަފްތާ ތަކުގެ އަދަދަށް ވާވަރަށެވެ.